ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ލ. މާވަށުގައި އެސްޓޯއޯގެ ފާމަސީއެއް ހުޅުވައިފި އެވެ.

އެސްޓީއޯއިން ބުނީ، ލ. މާވަށުގައި އިއްޔެ ހުޅުވި "އެސްޓީއޯ ފާމަސީ ލ. މާވަށް" އިން އާސަންދައާ އެކު މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މާވަށުގައި އެސްޓީއޯއިން ހުޅުވި ފާމަސީއާއެކު އެކުންފުނީގެ ފާމަސީތަކުގެ އަދަދު މިހާރު ވަނީ ތޭރައަށް އަރައެވެ.

އެސްޓީއޯއިން ބުނީ، އެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށެވެ.