އެސްޓީއޯ ސުޕަމާޓްގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ސްޕަމާޓުގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައި ވާކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ، ސްޕަމާޓުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ (ހުކުރު ދުވަހުގެ ރޭ) 8:30 އިން ފެށިގެން 11:00އާ ދެމެދު ސްޕަމާޓަށް ޒިޔާރަތްކުރާ ކަސްޓަމަރުންގެ ތެރެއިން އެ ފިހާރައިން ވިޔަފާރިކުރާ ކޮންމެ 22 ވަނަ ކަސްޓަމަރަކު ފާހަގަކޮށް ވަގުތުން "ސަޕްރައިޒް އިނާމެއް" ދިނުމަށް ހަމަޖެހިފައި ވާ ކަމަށެވެ.

އެސްޓީއޯ ސްޕަމާޓުގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 25 ވަނަ ދުވަހެވެ.