ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ލުއި ފަސޭހަގޮތް ހޯދައި ދިނުމުގެ ގޮތުން ދިރާގުގެ އެކްސް ކްލޫސިވް ޕާޓްނަރު ފިހާރައެއްގެ ގޮތުގައި "އެލް މޮބައިލް 2" ހުޅުވައިފި އެވެ.

އިއްޒުއްދީނު ހިނގުމުގައި، މ. ޓެސްކޯގައި ހުންނަ "އެލް މޮބައިލް ބިލްޕޭ 2" ފިހާރައަކީ މާލެ ސިޓީގައި ދިރާގުން ހުޅުވި ފަސް ވަނަ އެކްސްކުލޫސިވް ޕާޓްނަރު ފިހާރައެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލު ވިދާޅުވީ، އަލަށް ހުޅުވުނު އެކްސްކްލޫސިވް ޕާޓްނަރު ފިހާރައިން ވެސް ކަސްޓަމަރުންނަށް "ދިރާގު ކަސްޓަމާ ފްރަންޓް އޮފީހުން" ފޯރުކޮށްދޭ ވަރަށް ގިނަ ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށެވެ.

އިމްޖާދު ވިދާޅުވީ، އަލަށް ހުޅުވުނު އެކްސްކުލޫސިވް ޕާޓްނަރު ފިހާރައިން، ދިރާގުގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ހިދުމަތްތަކުގެ ތެރޭގައި، ޕޯސްޓްޕެއިޑާއި ޕްރިޕެއިޑް އަދި މޯބައިލް ބްރޯޑް ބޭންޑްގެ އައު ކަނެކްޝަންގެ ހިދުމަތާއި، ޕެކޭޖް ބަދަލުކުރުމާއި ހިދުމަތް މެދު ކަނޑާލުމާއި، ޓަޗްނެޓް ފަދަ ގިނަ ހިދުމަތްތަކެއް އެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.

އެލް މޮބައިލް ބިލްޕޭ 2 އިން ދިރާގުގެ ހިދުމަތްތައް، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން ހވީރު 6:00އަށް އަދި ރޭގަނޑު 8:00އިން 11:00އަށް، އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން ހަވީރު 6:00އަށް، ރޭނގަޑު 8:00އިން 11:00އަށް ފޯރުކޮށްދޭނޭ ކަމަށް ވެސް ދިރާގުން ބުންޏެވެ.