މާލެއިން މުދާ ބަރުކޮށްގެން ށ. އަތޮޅަށް ދަތުރު ކުރި ދޯންޏަކުން ބިދޭސީއަކު ކަނޑަށް ވެއްޓި ގެއްލިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އިއްޔެ ހަވީރު މޭލެއިން މުދާ ބަރުކޮށްގެން ށ. "ވަނގާރަށް" ދަތުރުކުރަމުންދިޔަ "ހަމްދު" ދޯނިން ބަނގުލަދޭޝްގެ މަސައްކަތު މިހާކު ކަނޑަށް ވެއްޓި ގެއްލިފައި ވަނީ މިއަދު މެންދުރު ފަހު 01:00 ޖަހާ އެހާކަން ހާއިރު ކަމަށެވެ. ހަމްދު ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ބުނީ އެމީހާ ކަނޑަށް ވެއްޓިފައި ވަނީ ނ. އަތޮޅު ކުރަމައިދޫ ކައިރިއަށް ކަމަށާއި އެ ބަންގާޅީ މީހާ އެންމެ ފަހުން ލައިގެންހުރީ ރީނދޫ ކުލައިގެ ސޯޓެއް ކަމަށެވެ.
ހަމްދު ދޯނިން އެ ބަންގާޅި މީހާ ގެއްލުނުކަން އެމްއެންޑީއެފްގެ ނޮދަން އޭރިއާއަށް ލިބުމާ ގުޅިގެން ކޯސްޓްގާޑުން ނ. ކުރަމައިދޫ ސަރަޙައްދަށްގޮސް، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާއްޖޭގެ ދިފާއީ ބާރުން ބުނެ އެވެ.
އެ މިހާ ގެއްލުމާއި ގުޅިގެން ނ. ކުރަމައިދޫ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ހާއްސަ ގޮތެއްގައި އެ ސަރަހައްދު ބައްލަވައިދެއްވުމަށް ކޯސްޓުގާޑުން އެދެ އެވެ.