24 Jul 2014, 12:41
ކުލަ ގަދަ ރަސްމިއްޔާތަކާ އެކު 20 ވަނަ ކޮމަންވެލްތު ގޭމްސް ސްކޮޓްލެންޑް ގްލާސްގޯގައި ހުޅުވައިފި އެވެ.
އިއްޔެ އިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިޔައްދާ ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެއެވެ.
ހަތްދިހަ އެއް ގައުމު ވާދަކުރާ ކޮމަންވެލްތް ގޭމްސް ފައްޓަވައިދެއްވީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތު އެވެ. އެގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ގޭމްސްގައި ސަތާރަ ކުޅިވަރަކުން 6500އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.
މި މުބާރާތުގައި ރާއްޖޭން ވެސް ތަފާތު ފަސް ކުޅިވަރެއްގައި 51 އެތުލީތުން ބައިވެރިވި އެވެ. ރާއްޖޭން ބައިވެރި ވެފައިވާ ފަސް ކުޅިވަރަކީ ސްވިމިން އާއި ޝޫޓީން އާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން އެވެ.