‏ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މުސާރަ ‏‏ކަނޑައެޅުމުގެ ގާނޫނު އުވާލުމުގެ ބިލު ގާނޫނު އަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުް ތަސްދީގު ކުރައްވައިފި އެވެ.

އަދި އެ ބިލް ތަޞްދީގު ކުރެއްވުމާ ގުޅިގެން އެ ‏‏ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިޢުކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ‏

‏ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މުސާރަ ‏‏ކަނޑައެޅުމުގެ ގާނޫނު އުވާލުމުގެ ބިލު ފާސް ކުރީ މި މަހު 15 ވަނަ ދުވަހު އެވެ.