ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ޕާސްޕޯޓަށް ނަގަމުންދާ ފައިސާގެ ރޭޓަށް ބަދަލު ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ޕާސްޕޯޓުގެ ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރި ނާޒިމް ވިދާޅުވީ، ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ޕާސްޕޯޓަށް ނަގަމުންދާ ފައިސާގެ ރޭޓަށް ބަދަލު ގެނެވޭނެ ކަމަށާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ދެމުންދާ ހުރިހާ ޚިދުމަތްތައް އައްޑޫ ސިޓީން ލިބިގެން ދާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ވޯކް ވިސާ ގެ ތެރޭގައި ހިމެނޭ ވޯކް ޕާމިޓް އާއި ކާޑް ޕްރިންޓް ކުރުމާއި ވިސާ ޕޭމަންޓް ބަލައިގަތުން ފަދަ ޚިދުމަތްތައް ވެސް އައްޑޫ ސިޓީން ލިބިގެންދާނެ ކަމަށެވެ.