23 Jul 2014, 21:25
ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ ޕިލިޕްސް ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗްތަކުން އެސްޓީއޯ އާއި ކޯސްޓްލައިން މޮޅުވެއްޖެ އެވެ.
މިއަދުގެ ފުރަތަމަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ބައްދަލުކޮށް އެސްޓީއޯ ކާމިޔާބުކުރީ ފަސް ވިކެޓުންނެވެ. ދެވަނަ މެޗް އައިލޭންޑް އޭވިއޭސަންއާއި ބައްދަލުކޮށް ކޯސްޓްލައިން ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ.
ފުރަތަމަ މެޗް ޓޮސްދިމާވުމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ކުޅެން އަރާ އަށް އޯވަރުގެތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 91 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑު ހެދި އާސިމް އާއި 24 ލަނޑު ހެދި އާރިފް ރިޒާއެވެ.
ޖަވާބުގައި އެސްޓީއޯ ކުޅެންއަރާ ފަސް އޯވަރުގެތެރޭގައި 92 ލަނޑު ހެދިއެވެ.
މިއަދުގެ ދެވަނަ މެޗް ޓޮސް ދިމާވުމުން އައިލޭންޑް އޭވިއޭޝަން ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ދެ ކުޅުންތެރިން ނުބައައިވެގެން 58 ލަނޑު ހެދިއެވެ.
މުބާރާތުގައި މަދަމާ ހަވީރު ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ފެން ކްލަބްއާއި އައިލޭން އޭވިއޭޝަން އެވެ. އަދި ދެވަަނަ މެޗްގައި ބައްދަލުކުރާނީ އެމް ޕީއެލްއާއި ޓީޓީއެސް މޯލްޑިވްސް އެވެ.
ކުޅުން ކުރިއައްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.