22 Jul 2014, 22:39
ޑީ ބާސްކެޓް ބޯލް ކުލަބުން އިންތިޒާމް ކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ތްރީ އޮން ތްރީ ބާސްކެޓް ބޯޅަ މުބާރާތް މިއަދު ހަވީރު ފަށައިފި އެވެ.
މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތެރިވާ ޑީ ބާސްކެޓް ބޯލް ކުލަބްގެ އިސް އޮފިޝަލަކު ވިދާޅުވީ، މުބާރާތުގައި ޖުމަލް 16 ޓީމް ވާދަކުރާ ކަމަށެވެ. އަދި ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ދެ ވަނަ ބުރަށް ހުރިހާ ޓީމެއް ވެސް ދަތުރު ކުރާއިރު، ދެ ވަނަ ބުރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފަިއ ވަނީ ނޮކައުޓް އުސޫލުންނެވެ.
ކޮންމެ ދުވަހެއްގެ ވެސް ހަވީރު ރާޅު ގަނޑުގައި ކުރިއަށްދާ އެމުބާރާތުގެ ސެމީ ފައިނަލް މެޗްތައް އަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރުއެވެ.
މުބާރާތުގެ ޗެމްޕިއަންޓީމަށް 15000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފަިއ ވަނީ 5000 ރުފިޔާއެެވެ. އަދި ފެއާޕްލޭ ޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ 3000 ރުފިޔާ ކަމަށް ޑީ ބާސްކެޓް ބޯލް ކުލަބުން މައުލޫމާތު ދެއެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރުން ނަކީ ބީއެޗްއެމް ޓްރޭޑާސް އެވެ.