ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުގެ ސިފައިން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ހާލުގައި ޖެހެމުންދާ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް އަދާލަތު ޕާޓީން އިސްނަގައިގެން ހުޅުވި ފަންޑަށް ރެއާ ހަމައަށް 800،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ލިބިއްޖެ އެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު "ސަން"އަށް ވިދާޅުވީ، މިމަހުގެ 17 ހުޅުވި އެ ފަންޑަށް ރެއާ ހަމައަށް 814،276 ދިވެހި ރުފިޔާ އާއި 2500 އަށްވުރެ ގިނަ ޔޫއެސް ޑޮލަރު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، ޣައްޒާ ފަންޑަށް އިތުރަށް ފައިސާ ހޯދުމަށްޓަކައި އިތުރު ހަރަކާތްތަކެއް ހިންގާނެ ކަމަށާއި އެގޮތުން، މިއަދު ވެސް ވެލާނާގެ އާއި އާޓިފިޝަލް ބީޗުގެ އިތުރުން ސުނާމީ ބިނާ އާއި ލޯކަލް މާކެޓް އަދި އިސްލާމީ މަރުކަޒާއި ފުރުގާން މިސްކިތުގެ އިތުރުން އަދާލަތް ޕާޓީގެ އޮފީހުގައި ފަންޑުފޮށި ބަހައްޓާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށަށް ފަންޑުފޮށި ފޮނުވުމުގެ މަސައްކަތް ކުރަމުން އަން ކަމަށާއި އަންނަ ހަފްތާގައި އަތޮޅުތަކަށް ފަންޑު ފޮށިތަށް ފޮނުވާނެ ކަމަށެވެ.