ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން އަންނަ މަހުގެ ހަތް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފަިއވާ ދެ ވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގައި އަށް ޓީމު ބައިވެރިވެއްޖެ އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުޖްތަބާ (މުޖޭ) "ސަން" 'އަށް މިރޭ ވިދާޅުވީ، މިފަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމެއް ވާދަކުރާއިރު، އެއީ އަންހެން ހަތަރު ޓީމާއި ފިރިހެން ހަތަރު ޓީމް ކަަމަށެވެ.

"މިފަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމް ވަދާކުރޭ. އެއީ އަންހެން ހަތަރު ޓީމަކާއި ފިރިހެން ހަތަރު ޓީމް. މުބާރަތުގެ މެޗްތައް ކުޅޭނެ ދަނޑެއް އަދި މުޅިން ފައިނަލް ނުވޭ. އެކަމަކު ސޯޝަލް އައުޓްޑޯ ކޯޓް ނުވަތަ ހެންވޭރު ދަނޑުގައި ކުލޭވޭތޯ މަސައްކަތް ކުރަމުން މިދަނީ. މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 25 ވަނަ ދުވަހު،" މުޖޭ ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭއްވި ފުރަތަމަ އޭންޑް ބޯލް މުބާރާތުގައި ބައިވެރި ވެފައި ވަނީ ހަމައެކަނި އަންހެން ހަތަރު ޓީމެވެ. އެފަހަރު ޗެމްޕިއަންޓީމަކީ ސިއޮންޓީ އެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ، އެ ކުޅިވަރު ކުރިއެރުވުމަށްޓަކައި މިއަހަރުތެރޭގައި ގިނަ ޕްރޮގްރާމް ތަކެއް ރޭވިފައި ވާކަމަށެވެ. އެގޮތުން ވައިޑިޕީ ޕްރޮގަރާމް ފެށުމާއި އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް ތާވަލު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.