20 Jul 2014, 16:16
ޔަންގޮން، މިޔަންމާ (އޭޕީ) - މިޔަންމާގެ މުސްލިމް ދެ ފިރިހެނުން ވެގެން އެގައުމުގެ ބުޑިސްޓު އަންހެނަކު ރޭޕް ކުރިކަމަށް ބުނެ، ބުޑިސްޓުން ފެތުރި ޚަބަރަކާ ގުޅިގެން އެގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައި ވާއިރު، ބުޑިސްޓުންގެ އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
މިޔަންމާގެ މެދުތެރޭގެ މަންޑޭލޭ ސިޓީގައި، ޓީޝޮޕް ހިންގާ ދެ ވިޔަފާރިވެރިން ވެގެން އެތަނުގައި މަސައްކަތް ކުރަން އުޅުނު ބުދުދީނުގެ އަންހެން ކުއްޖަކު ރޭޕުކުރިކަމަށް ފެތުރުނު ވާހަކަތަކާ ގުޅިގެން، ބުޑިސްޓުން ވަނީ، މުސްލިމުންނާ ދެކޮޅަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި، މުސްލިމުންގެ ގެދޮރަށް ގެއްލުންދީފައެވެ. މިމަހުގެ ކުރީކޮޅުގައި ހިނގި މިހާދިސާ ދުވަސްތަކަކަށް ދިގުދެމިގެން ދިޔައިރު، ދެފަރާތުގެ ކުރިމަތިލުން ތަކުގައި މުސްލިމަކާއި، ބުޑިސްޓަކު މަރުވުމުގެ އިތުރުން 14 މީހަކަމަށް ބޮޑެތި އަނިޔާތައް ވަނީ ލިބިފައެވެ.
މިޔަންމާގެ ހޯމްމިސްނިޓްރީގެ ބަޔާނަކާ ހަވާލާދީ، މިޔަންމާ އަހްލިން ނިއުސް ޕޭޕަރުގައި ބުނެފައި ވަނީ، އެ ހާދިސާ ހިނގާފައި ވަނީ، އެހެން މީހަކު އޭނާގެ ބޮލުގައި އެޅިފައިވާ ތުހުމަތެއް އެ ދެ ވިޔަފާރިވެރީންގެ ބޮލުގައި އެޅުވުމަށް ދެއްކި ވާހަކަތަކަކާ ގުޅިގެން ކަމަށެވެ.
ބުޑިސްޓުންގެ އަޣުލަބިއްޔަތު އާބާދީއެއް އޮންނަ މިޔަންމާގައި 2012 ވަނަ އަހަރުން ފެށިގެން އެގައުމުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހަރުކަށި ބުޑިސްޓުން ހިންގަމުން އަންނަ ރަހުމްކުޑަ ޖަރީމާ ތަކުގައި މިހާތަނަށް އެތަކެއް ސަތޭކަ މުސްލިމުންނެއް މާރާލާފައި ވެއެވެ.