20 Jul 2014, 13:19
ބަޑީގެ ބައިތަކެއް ފެނިގެން ހައްޔަރު ކުރި ތުރުކީ މީހާ ދޫކޮށްލައިފި އެވެ.
ރާއްޖެ އައިސްގެން އުޅުނު ތުރުކީ ތެޔޮ ބޯޓެއްގެ ފަޅުވެރި އެއް މިމަހުގެ ކުރީ ކޮޅު ހައްޔަރު ކުރީ އެ ބޯޓުގެ އިތުރު ފަޅުވެރިންތަކަކާއެކު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް (އައިއެންއައިއޭ)އަށް ގޮސް ފުރަން ހުއްޓަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެމީހާ ހައްޔަރު ކުރުމަށްފަހު އޭނާއާ އެކު ފުރަންގޮސް ތިބި އަށް ފަޅުވެރިން އެ ރޭ ވަނީ ފުރުވާލާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ތުރުކީ މީހާ ދޫކޮށްލީ އެނާ އަތުން ފެނުނު އެއްޗެހި ބޭނުން ކޮށްގެން ހަތިޔާރެއް އުފެއްދުމުގެ އެއްވެސް ފުރުސަތެއް ނެތުމުން، ކަމާ ގުޅޭ ފަރާތްތަކާ މުއައްސަސާތަކުގެ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި އެ މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް ދައުވާ ކުރެވޭން ނެތް ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ތުރުކީ މީހާ ދޫކޮށްލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އަދި އޭނާ ވަނީ މިހާރު ފުރުވާލާފަ އެވެ.