20 Jul 2014, 12:09
ލ. ގަމުގައި ފުލުހެއްގެ ސައިކަލެއްގައި ރޯ ކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުލުސް މީހާގެ ސައިކަލުގައި ރޯ ކޮށްލާފައިވަނީ ރޭ 9:00 ހާއިރު ކަމަށެވެ.
އެހާދިސާގައި އެއްވެސް މީހަކަ އަނިޔާ ނުވި ނަމަވެސް ފުލުސް މީހާގެ ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ސައިކަލުގައި ރޯ ކޮށްލާފައިވަނީ ފުލުސް މީހާ ދިރިއުޅޭ ގޭގެ ކައިރީ ސައިކަލު ބަހައްޓާފައި ހުއްޓައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ.