ދިވެހި ސިފައިން ކްލަބުން އިންތިޒާމްކޮށްގެން ބޭއްވި ދިވެހި އަސްކަރިއްޔާގެ ދެވަނަ ޤުރުއާން މުބާރާތް ނިމި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްފި އެވެ.

މުބާރާތުގައި ސިފައިންގެ ތެރެއިން އެއް ވަނަ ހޯދައި ސިސިލްފަރު ޙައްޖު އެންޑް އުމްރާ ޤުރޫޕުން ދެއްވާ 1436 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރު ހާސިލުކުރި ފަރާތަކީ ސާޖަންޓް ފަސްޓް ކްލާސް ހުސައިން ފިރާޤް ހަސަނެވެ. މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ސިފައިންގެ އާއިލާތަކުގެ ކެޓަގަރީއިން ބައިވެރިވި އައިޝަތު ޝަމާއިލް ހުސައިނެވެ. އަދި މުޅި މުބާރާތުން ދެ ވަނަ ހޯދާފައިވަނީ އައިޝަތު އަޒްހާ އަޒްމީނެވެ. މުޅި މުބާރާތުން ތިން ވަނަ ހޯދާފައިވަނީ އައިމިނަތު ޝަފްއާ ޝަހީނެވެ.

މުބާރާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރެއިން ސިފައިންގެ ތެރެއިން ބަލައިގެން ކިޔެވުމުން އެއް ވަނަ ހޯދާފައިވަނީ ހުސައިން ފިރާޤެވެ. ސިފައިން އާއިލާތަކުން ހިތުން ކިޔެވުމުގެ ބައިން އެއް ވަނަ ހޯދާފައިވަނީ އައިމިނަތު ޝަފްއާ ޝަހީނެވެ. ސިފައިންގެ އާއިލާތަކުން ބަލައިގެން ކިޔެވުމުގެ ބައިން އެއް ވަނަ ހޯދާފައިވަނީ އާއިޝަތު ޝަމާއިލް ހުސައިނެވެ. ކުޑަކުދިންގެ ހިޔާގެ ދަރިވަރުންގެ ތެރެއިން އެއް ވަނަ ހޯދާފައިވަނީ އައިޝަތު މާޒިނާއެވެ.

މުބާރާތުގެ އެކިއުމުރުފުރާތަކުގެ ތެރެއިން ހިތުން ކިޔެވުމުގެ ބައިން 16 އަހަރުން ދަށުގެ އެއް ވަނަ ހޯދާފައިވަނީ ފާތިމަތު ރަޒާ އަސްލަމެވެ. ހިތުން ކިޔެވުމުގެ ބައިން 12 އަހަރުން ދަށުގެ އެއް ވަނަ ހޯދާފައިވަނީ އަބްދުﷲ މުއުމިނެވެ. ހިތުން ކިޔެވުމުގެ ބައިން އަށް އަހަރުން ދަށުގެ އެއް ވަނަ ހޯދާފައިވަނީ އައިމިނަތު ޝަފްއާ ޝަހީނެވެ.

އުމުރުފުރާތަކުގެ ކެޓަގަރީއިން ބަލައިގެން ކިޔެވުމުގެ ބައިން 16 އަހަރުން ދަށުގެ 1 ވަނަ ހޯދާފައިވަނީ އައިމިނަތު ޝަފްއާ ޝަހީނެވެ. ބަލައިގެން ކިޔެވުމުގެ ބައިން 12 އަހަރުން ދަށުގެ އެއް ވަނަ ހޯދާފައިވަނީ އައިޝަތު އަޒްހާ އަޒްމީނެވެ. ބަލައިގެން ކިޔެވުމުގެ ބައިން އަށް އަހަރުން ދަށުގެ އެއް ވަނަ ހޯދާފައިވަނީ މުހައްމަދު ރާމިން އިސްމާއީލް ރިޒާއެވެ.

މުޅި މުބާރާތުން އެއްވަނައާއި ޢުމްރާ ދަތުރު ލިބުނު ފަރާތަށާއި އެކިއުމުރުފުރާތަކުން އެއްވަނައާއި ކުޑަކުދިންގެ ހިޔާއިން އެއްވަނަ ލިބުނު ފަރާތަށް އިނާމް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ސިސިލްފަރު ޙައްޖު އެންޑް އުމްރާ ޤުރޫޕްގެ ޖެނެރަލް މެނޭޖަރު ހާމިދު ނަޝީދު މުޙަންމަދެވެ. އެކިއުމުރުފުރާތަކުގެ ބައިން ދެ ވަނަ އަދި ތިން ވަނަ ހޯދި ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ދިވެހި ސިފައިން ކްލަބުގެ ޖެނެރަލް ސެކެރެޓަރީ މޭޖަރު އަބްދުއްސަލާމެވެ. އަދި ކުޑަކުދިންގެ ހިޔާއިން ބައިވެރިވި ފަރާތްތަކަށާއި ފަނޑިޔާރުކަންކޮށްދިން ފަރާތްތަކުގެ އިތުރުން މުބާރާތް ހިންގުމުގައި އެހީތެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސިފައިން ކްލަބުގެ ނައިބު ރައީސް ކާނަލް އިބްރާހީމް ރަޝީދެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ސިފައިންގެ ތެރެއިން އެއް ވަނަ ހޯދާ ފަރާތަށް ހުށަހެޅި އުމްރާ ދަތުރު ހަމަޖައްސަވައިދެއްވި ފަރާތަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ދިވެހި ސިފައިން ކްލަބުގެ ނައިބު ރައީސް ކާނަލް އިބްރާހީމް ރަޝީދެވެ.

ޖުލައި މަހުގެ 12 ވަނަ ދުވަހު ފެށި މި މުބާރާތުގައި ޖުމްލަ 61 ބައިވެރިއަކު ބައިވެރިވި މިމުބާރާތުގައި ހަތް ސިފައިންނާއި ސިފައިންގެ އާއިލާ ތަކުން 37 ފަރާތެެއްގެ އިތުރުން ކުޑަކުދިންގެ ހިޔާއިން 17 ދަރިވަރަކު ބައިވެރިވެފައިވެއެވެ.