20 Jul 2014, 00:13
މެކްސް ކޮމް ޓެކްނޮލަޖީ އޮފީހުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން ފިލި ކަމުގެ ތުހުމަތުގައި ބަނގުލަދޭޝް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ވައްކަމުގެ އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ މޮރުޝިދު އަލަމް އެވެ.
ފުލުހުން ބުނީ އެމީހާ ހޯދަމުން ދަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު މެކްސްކޮމް ޓެކްނޮލޮޖީގެ އޮފީހުން 8،000 ޑޮލަރާއި 16،000ރ. ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކަމަށެވެ.
އެމް ޑީ މޮރްޝިދު އަލަމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފަ އެވެ.