ކުއަލަލަމްޕޫރް، މެލޭޝިއާ (އޭޕީ) --- މިސައިލް ހަމަލާއެއްގައި ވައްޓައިލި ކަމަށް ތުހުމަތު ކުރެވޭ މެލޭޝިއާ އެއާލައިން އެމްއެޗް17ގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާ ހިނގި ސަރަހައްދުގެ ސަލާމަތީ ކަންކަންހުރި ގޮތާއި މެދު ކަންބޮޑުވާ ކަމަށް މެލޭޝިއާއިން ބުނެފި އެވެ.

ކުއަލަލަމްޕޫރުގައި މިއަދު އޮތް ނިއުސް ކޮންފަރެންސެއްގައި އެ ގައުމުގެ ޓްރާސްޕޯޓް މިނިސްޓަރު ލިއޯ ޓިއޯގް ވިދާޅުވެފައި ވަނީ، ފްލައިޓް ވެއްޓުނު ސަރައްހަދުގެ ސަލާމަތީ ކަންކަން ހުންނަންޖެހޭ ވަރަށްވުރެ ދަށުގައި ހުރުމުން ސުވާލު އުފެދޭ ކަމަށާއި މަތިންދާ ބޯޓު ވެއްޓުނު ހާދިސާއަށް ބޭނުންވާ މުހިއްމު ހެކިތައް އެ ސަހައްދުގައި ރައްކާތެރި ކުރެވިފައިނުވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"ފްލައިޓުން ވެއްޓުނު މީހުން ހަށިތައް އެ ސަރަހައްދުން ނެގުމަށް މެލޭޝިއާގެ ޓީމަށް އެ ސަރަހައްދަށް ވަދެވޭނެ ގޮތް ވަގުތުން ހަދަންޖެހޭ. އަދި އެ ސަރަހައްދަށް އެހެން މީހުން އަތްގަދަ ނުކުރުމަށް ދުނިޔޭގެ ސަޕޯޓް ބޭނުންވޭ،" މެލޭޝިއާގެ ޓްރާސްޕޯޓް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، މެލޭޝިއާގެ ޓީމެއް ފްލައިޓް ވެއްޓުނު ދުވަހު ޔުކްރޭންގެ ކިއޭވް އަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ނެދަލެންޑްސްގެ އެމްސްޓްޑޭމުން ފުރައިގެން މެލޭޝިއާއަށް ދަތުރުކުރަމުންދިޔަ މެލޭޝިއާ އެއާލައިންސްގެ މަތިންދާ ބޯޓެއް ޔުކްރެއިނާއި ރަޝިޔާ ގުޅޭ ބޯޑަރު ކައިރިއަށް މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު ހާދިސާގައި ފްލައިޓުން ދަތުރުކުރި 298 މީހުން ވަނީ މަރުވެފަ އެވެ.

މީގެ އިތުރުން، މަތިންދާ ބޯޓު ވެއްޓުނު ހާދިސާ ހިނގި ސަރަހައްދުގައި ހަތަރު ވަރަކަށް ދުވަހަށް ހަނގުރާމަ ހުއްޓައިލާން ޔުކްރެއިންގައި ވަކިވެ ގަތުމަށް މަސައްކަތްކުރާ ހަނގުރާވެރި ޖަމާއަތްތަކުން ވަނީ އެއްބަސްވެފަ އެވެ.