19 Jul 2014, 16:43
އަލިފާން ހިފާޒާތުގެ އެއްޗެހި ބަރުކޮށްގެން ދިޔަ ލޮރީ އަކާއި ފަސިންޖަރުން ގޮވައިގެން ދިޔަ ބަހެއް ޖެހި ޗައިނާގައި ހިނގި އެކްސިޑެންޓެއްގައި 38 މީހުން މަރުވެއްޖެ އެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގައި ބުނެފައިވަނީ، ހުނާން ޕްރޮވިންސްގެ ހުކުން އެކްސްޕްރެސްވޭ ގައި ރޭ ދަންވަރު ހިނގި އެ ހާދިސާގައި ލޮރީ ދުއްވަން އިން މީހާއާއި ބަހުން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ހާދިސާގައި ފަސް މީހަކަށް އަނިޔާވެފައި ވާއިރު، އެ އެކްސިޑެންޓުގެ ސަބަބުން އިތުރު ފަސް ވެހިކަލަކަށް ވެސް ގެއްލުން ލިބިފައި ވާ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ. އަދި އަލިފާންގަނޑު ނިންވާލަން ފަސް ގަޑިއިރު ނެގި ކަމަށްވެސް އޭޕީގައި ވެއެވެ.