11 Jan 2011, 17:43
ކުލަބް ލެވެލްގައި ހުސްވި އަހަރުގެ އެންމެ ކާމިޔާބު ކޯޗަކީ ހޯސޭ މޮރީނިއޯ ހޮވައިފި އެވެ.
އިޓާލިއަން ލިގާއި އިޓާލިއަން ސުޕަކަޕް އަދި ޗެމްޕިއަންސް ލީގު އިންޓަމިލާނަށް ހޯދައިދީ އެ ކުލަބުގެ ތާރީހް ބަދަލުކޮށްލެވުނު ކޯޗަކީ ވެސް އޭނާ އެވެ. މިވަރުގެ ކާމިޔާބީ އެއް އިޓަލީގައި ހޯދުނު އެހެން ކޯޗަކު ނެތްއިރު މިކާމިޔާބީތަކަށް ފަހު މޮރީނިއޯ ބަދަލުވީ ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ރެއާލް މެޑްރިޑު ދެކެމުން އަންނަ ހިތްދަތި ނަތީޖާތައް ބަދަލުކުރާށެވެ.
މޮރީނިއޯ އަކީ މިހާތަނަށް ދެ ކުލަބެއްގައި ޗެމްޕިއަންސް ލީގު ހޯދި ތިން ވަނަ ކޯޗެވެ. އެކަމަކު ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ފުރަތަމަ ފަހަރަށް އޭނާ އަށް ލިބުމަކީ މޮރީނިއޯ ބުނާ ގޮތުގައި ފަހުރެކެވެ.
ނަމަވެސް އޭނާ ވަނީ އެވޯޑު ލިބިގަތުމަށް ފަހު ބާސެލޯނާގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ވޯލްޑް ކާމިޔާބު ކުރި ސްޕޭނުގެ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ އަށް ތައުރީފުކޮށް އެ ދެ ކޯޗުންނަކީ ވެސް އެވޯޑް ހައްގު ދެ ކޯޗުން ކަމަށްބުނެފަ އެވެ.
މި އެވޯޑަށް ވޯޓުލީ މީހުންގެ ތެރެއިން މޮރީނިއޯ އަށް 35 ޕަސެންޓް މީހުން ތާއީދު ކުރިއިރު ޑެލްބޮސްކޭ އަށް 33 މީހުން ތާއިދު ކުރި އެވެ. ގާޑިއޯލާ އަށް ތާއީދު ކުރީ އަށް ޕަސެންޓް މީހުންނެވެ.
ފީފާ ޑްރީމް ޓީމް: 2010
ކޯޗު: ހޯސޭ މޮރީނިއޯ. ރެއާލްމެޑްރިޑް / އިންޓަމިލާން، ޕޯޗުގަލް
ގޯލް ކީޕަރު:
އިކާ ކަސިޔާސް. ރެއާލްމެޑްރިޑް، ސްޕޭން
ޑިފެންޑަރުން:
ކާލޮސް ޕުޔޯލް. ބާސެލޯނާ، ސްޕޭން
މައިކޮން. އިންޓަމިލާން، ބްރެޒިލް
ޖެރާޑް ޕީކޭ. ބާސެލޯނާ، ސްޕޭން
ލޫސިއޯ. އިންޓަމިލާން، ބްރެޒިލް
މިޑްފީލްޑަރުން:
ޒަވީ ހަނާންޑޭޒް. ބާސެލޯނާ، ސްޕޭން
ވެސްލީ ސްނައިޑާ. އިންޓަމިލާން، ހޮލެންޑް
އަންދްރޭ އިނިއެސްޓާ. ބާސެލޯނާ، ސްޕޭން
ފޯވަޑުން:
ލަޔޮނަލް މެސީ. ބާސެލޯނާ، ސްޕޭން
ޑޭވިޑް ވިޔާ. ބާސެލޯނާ، ސްޕޭން
ކްރިސްޓިއާނޯ ރޮނާލްޑޯ. ރެއާލްމެޑްރިޑް، ޕޯޗުގަލް