ނިއޯން، ސްވިޒަލެންޑް (އޭޕީ) – އިސްރާއީލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ ކްލަބްތައް ޔޫރަޕްގެ މުބާރާތްތަކުގައި ކުޅޭ ހޯމް މެޗުތައް އެ ގައުމުގައި ނުބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާގެ އިމަޖެންސީ ޕެނަލުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައި ވާ މި ނިންމުމާ ގުޅިގެން އިސްރާއީލުގެ ކްލަބުތައް ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗުތަކަށް ބަދަލު އަންނަނާނެ އެވެ.

ޔުއެފާގެ ބަޔާނުގައި ބުނެފައި ވަނީ އިސްރާއީލުގައި "މިވަގުތު ސަލާމަތީ ހާލަތު ހުރިގޮތުން" އެގައުމުގެ ކްލަބްތައް ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގައި އަމިއްލަ ރަށުގައި ކުޅެންޖެހޭ މެޗުތައް ކުޅޭނޭ ތަނެއް ކޮންމެވެސް އެހެން ގައުމަކުން ހުށަހަޅަން ޖެހޭނޭ ކަމަށެވެ.

ޔުއެފާއިން މިފަދަ ނިންމުންތަކެއް ނިންމާފައި ވާ އިރު، އިސްރާއީލްގެ ކްލަބުތައް ކަމަށްވާ މެކަބީ ތެލް އަވިވް އަށް ޗެމްޕިއަންސް ލީގު ކޮލިފައިން މެޗަކާއި ހަޕޫލް ތެލް އަވިވް އަދި ހަޕޫލް ބިއާ ޝީވާއަށް ޔޫރޮޕާ ލީގުގެ މެޗުތަކެއް މިމަހުގެ ތެރޭގައި ހޮސްޓްކުރަން ޖެހިފައި ވެއެވެ.