19 Jul 2014, 11:53
ފުލުހުން ރަސްމީ ޑިއުޑީ އަދާކުރުމަށްފަހު ލިބޭ ހުސްވަގުތުތަކުގައި މުނިފޫހި ފިލުވުމުގެގޮތުން ބައެއް ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އިސްކަންދަރު ކޮށި ދޭ ގައި ތައްޔާރުކުރި ކުޅިވަރު ފެންޑާ އާއްމުކޮށް ފުލުހުންނަށް ބޭނުންކުރެވޭ ގޮތަށް ރަސްމީކޮށް ހުޅުވައިފި އެވެ.
ރޭ އިސްކަންދަރު ކޮށި ދޭ އޮތް ހާއްސަ ރަސްމިއްޔާތެއްގައި ކުޅިވަރުފެންޑާ ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުއެވެ.
އިސްކަންދަރު ކޮށި ދޭ ގައި ހުޅުވުނު ކުޅިވަރު ފެންޑާގައި ބިލިޔާޑާއި ކެރަމް އާއި ޗެސްގެ އިތުރުން އެހެންވެސް ބައެއް ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ރޭގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީގެ އިތުރުން ޕޮލިސް ކުލަބުގެވެރިންނާއި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ފުލުހުން ބައިވެރިވިއެވެ.