19 Jul 2014, 11:38
ނިއޯން، ސްވިޒަލެންޑް (އޭޕީ) – ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ކުޅުންތެރިޔާ ކުރިއަށް އޮންނަ މެޗަށް ސަސްޕެންޑު ކުރާ އުސޫލު ޔުއެފާ ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގައި ނުބަލާ ގޮތަށް ޔޫރަޕުގެ ފުޓްބޯޅައާ ބެހޭ އިދާރާއިން ހަމަޖައްސައިފި އެވެ.
ޔޫރަޕުގެ ފުޓްބޯޅައާ ބެހޭ އިދާރާއިން ނިންމާފައި ވަނީ، ކްލަބް މުބާރާތްތަކުގެ ކުއާޓާ ފައިނަލަށް ފަހު، ކުޅުންތެރިންނަށް ދައްކާފައިވާ ރީނދޫ ކާޑު އެ މުބާރާތެއްގެ ކުރިއަށް ހުރި މެޗުތަކަށް ނުގުނާ ގޮތަށެވެ.
މިއަހަރުގެ މޭ މަހުގައި ނިމިގެން ދިޔަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑްގެ ޒާބީ އެލަންސޯއަށް ކުޅުމުގެ ފުރުސަތު ގެއްލުނީ، އެ ޓީމު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އޭނާއަށް ކާޑު ހަމަވުމުގެ ސަބަބުންނެވެ.
"އިންމަޖެންސީ ޕެނަލުން ނިންމައިފި، މި ސީޒަނުން ފެށިގެން މުބާރާތްތަކުގެ ގްރޫޕް ސްޓޭޖުން ފެށީގެން ދައްކަމުން އަންނަ ރީނދޫ ކާޑުތައް ކުއާޓާ ފައިނަލަށް ފަހު އެކްސްޕަޔާ ވާގޮތަށް. އެހެން ކަމުން އެ ކާޑުތައް ސެމީފައިނަލަށް ނުގުނޭނެ،" ބުރާސްފަތި ދުވަހު ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި މިހާރުވެސް މި ގަވާއިދަށް ވަނީ އަމަލުކުރާން ފަށައިފައެވެ.