19 Jul 2014, 11:25
ޕިލިޕްސް އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތައް ކާމިޔާބު ކޮށް ކަސްޓަމްސް އާއި އެޑިއުކޭޝަން މިނިސްޓްރީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އިއްޔެގެ ފުރަތަމަ މެޗް ޕޮލިސް ކްލަބާއި ބައްދަލުކޮށް ކަސްޓަމްސް ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ. ދެވަނަ މެޗް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ބައްދަލުކޮށް ރައީސް އޮފީސް ކާމިޔާބުކުރީ ހަ ވެިކެޓުންއެވެ.
ފުރަތަމަ މެޗް ޓޮސްދިމާވުމުން ޕޮލިސް ކްލަބް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި 102 ލަނޑު ހެދިއެވެ.
މިއަދުގެ ދެވަަނަ މެޗް ޓޮސް ދިމާވުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކުޅެންއަރާ އަށް އޯވަރުގެތެރޭގައި 102 ލަނޑު ހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 34 ލަނޑުހެދި އަހްމަދު އުމަރުއެވެ.
ޖަވާބުގައި ރައީސް އޮފީސް ކުޅެންއަރާ ހަތް ވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 103 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 33 ލަނޑުހެދި މުހަންމަދު ޝަހީރުއެވެ.
ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:30 ގައެވެ. ކުޅުން ކުރިއައްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.