Last Updated: 1 decade 1 year ago
މީޑީއާ ރިޕޯޓުތައް ބުނާ ގޮތުގައި 295 މީހުންނާއެކު ދަތުރު ކުރި މެލޭޝިއާ އެއާލައިންސްގެ ބޯޓު ވެއްޓިފައި ވަނީ ޔުކްރެއިންގެ އުތުރުގެ ސަރަހައްދަކަށެވެ.
ޔޫކްރެއިންގެ މިނިސްޓަރަކާ ހަވާލާދީ އެއޯސިއޭޓެޓް ޕްރެސް (އޭޕީ) އިން ބުނީ އެމްއެޗް17 ވައްޓާލާފައި ވަނީ އެ ގައުމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ބަޔަކު ކަމަށެވެ. އަދި އެ މީހުން އެ ފުލައިޓް ވައްޓާލީ 33،000 ފޫޓް މަތިން ދަތުރުކޮށްފައި ދަނިކޮށް ދިން މިސައިލް ހަމަލާއެއްގައި ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށެވެ.
މެލޭޝިޔާ އެއާލައިންސްއިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޔޫކްރެއިން މަތިން ދަތުރުކުރަމުންދިޔަ އެ އެއާލައިންގެ ފުލައިޓު އެމްއެޗް17ގެ ކަނެކްޝަން ކެނޑިފައިވާ ކަމަށެވެ. އަދި ތަފްސީލު ފަހުން ހާމަ ކުރާނެ ކަމަށެވެ.
Malaysia Airlines has lost contact of MH17 from Amsterdam. The last known position was over Ukrainian airspace. More details to follow.
— Malaysia Airlines (@MAS)July 17, 2014
"އެ ފްލައިޓަށް ހަމަލާއެއް ދީފައި ނުވާ ކަމަށް އަހަރެމެން ނުބުނާނަން. ނަމަވެސް ޔޫކްރޭނުގެ އަސްކަރިއްޔާއިން އެ ފްލައިޓަށް ވައިގެ އެއްވެސް ހަމަލާއެއް ދީފައެއް ނުވާނެ،،" ޔޫކްރޭނުގެ ރައީސް ވިދާޅުވި އެވެ.
އެ ފްލައިޓް ވައްޓާލި މީހުންނަށް ހަރުކަށި އަދަބު ދޭނަން