17 Jul 2014, 16:30
މާރުކޭޓް ސަރަހައްދުން ފިޔާ ބަސްތާއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހައްޔަރުކުރީ މިއަދު މެންދުރު 12:10 އެހާކަންހާއިރު މާރުކާޓުގެ އެއް ނަންބަރު ގޮޅީ ތެރޭގައި އޮތް ފިޔާ ބަސްތާ އެއް ވަގަށް ނަގައިގެން ގެންދަން އުޅެނިކޮށް މާރުކޭޓް ސަރަހައްދު ތިބި މީހުން އޭނާ ހިފެހެއްޓުމަށް ކަމަށް ފުލުހުން ބުންޏެވެ.
މިހާރު އެ ފިޔާ ބަސްތާ ވަނީ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.