17 Jul 2014, 10:39
ސިސިލް ފަރު އުމްރާ އެންޑް ހަޖް ގްރޫޕުން މިއަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ސިސިލް ފަރު އުމްރާ އެންޑް ހަޖް ގްރޫޕުން އުމްރާ އަަށް ދިޔަ 54 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ އަންގާރަ ދުވަހުގެ ރޭ ނިޔާވެފައިވާ ކަމަށެވެ. އަދި ނިޔާވެފައި ވަނީ ބ. އޭދަފުށީ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ، އޭނާގެ ޖަނާޒާގެ ކަންތައް އިއްޔެ މައްކާގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.