16 Jul 2014, 22:34
އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕިލިޕްސް ކޮމްޕެނީޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.
ކުރިކެޓް ބޯޑުން ބުނީ މުބާރާތުގައި ޖުމްލަ 8 ޓީމް ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އަދި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށް ވެސް ކުރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.
މުބާރަތުގެ ގްރޫޕް "އޭ" ގައި ވާދަކުރާ ޓީމް ތަކަކީ ސޮނީ ހާޑްވެޔާ އާއި އައިލޭންޑް ރިކްރިއޭސަން ކްލަބާއި ކުލަބް ފެން އަދި ކޯސްޓްލައިނެވެ. ގްރޫޕް ބީ ގައި ވާދަކުރާ ޓީމް ތަކަކީ އެޓޯލް ހައިޑްއަވޭ ހޮލިޑޭ މޯލްޑިވްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާއި އެސްޓީއޯ އަދި ޓީޓީއެސް މޯލްޑިވްސް އެވެ.
ގްރޫޕް ސްޓޭޖުން ކޮންމެ ގްރޫޕަކުން ދެޓީމް ހޮވުމަށްފަހު ސެމީފައިނަލް އަދި ފައިންލަ ކުޅޭގޮތަށްވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ ސޮނީ ހަޑްވެއާ އާއި އައިލޭންޑް ރެކްރިއޭޝަން ކްލަބެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެޓޯލް ހައިޑްއަވޭ ހޮލިޑޭ މޯލްޑިވްސްއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ކުރިކެޓް ދަނޑުގައެވެ.