ރަޝިޔާގެ މެދުތެރޭ ސައިބީރިއާ ސަރަހައްދުގައި އާދަޔާހިލާފު ބޮޑު ވަޅުގަނޑެއް އުފެދިފައި ވަނިކޮށް ފެނިއްޖެ އެވެ.

އޮސްޓްރޭލިއާގެ ސިޑްނީ މޯނިން ހެރަލްޑް ނޫހުން ބުނީ އެ ގައުމުގެ (ޔަމާލް)ގައި އުފެދިފައިވާ ވަޅުގަނޑުގެ ފުޅާ މިނުގައި 80 މީޓަރު ހުންނާނެ ކަމަށެވެ. ރަޝިޔާގެ މެދުތެރޭ ސައިބީރިއާ މީހުން ގަބޫލު ކުރާ ގޮތުގައި ވަޅުގަނޑު އުފެދުނުތަނަކީ ދުނިޔެ ނިމޭ ހިސާބެވެ. އަދި އެ ވަޅުގަނޑުގެ ފުންމިން ނޭނގޭ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ސައިބީރިއާ ސަރަހައްދުގައި އުފެދުނު ބޮޑު ވަޅުގަނޑު: ބިމު އަޑީގައި ހިނގި ގޮވުމެއްގެ ސަބަބުން އުފެދުނު ވަޅުގަނޑަކަށް ބައެއް ބެލެވޭ.


ސައިބީރިއާ އިން ފެނުނު ވަޅުގަނޑަކީ ކޮން ކަމެއްގެ ސަބަބުން އުފެދުނު ވަޅުގަނޑެއް ކަމެއް އަދި ވަނީ ނޭނގި އެވެ. ނަމަވެސް އެ ވަޅުގަނޑަކީ ގިނިހިލައެއްގެ ސަބަބުން އުފެދުނު ވަޅުގަނޑެއް ކަމަށް ނުބެލެވޭ ކަމަށް ރަޝިޔާގެ ސައިންސްވެރިން ވަނީ ބުނެފަ އެވެ. އެ ވަޅުގަނޑުގެ ހަގީގަތް ބެލުމަށް މާދަމާ ސައިންސްވެރިން ދާނެ ކަމަށް ނޫހުން ބުންޏެވެ.
ބޮޑު ވަޅުގަނޑު އުފެދުނު ސައިބީރިއާ ސަރަހައްދު: ބިމު އަޑީގައި ހިނގި ގޮވުމެއްގެ ސަބަބުން އުފެދުނު ވަޅުގަނޑަކަށް ބައެއް ބެލެވޭ.

ސައިބީރިއާގެ ވަޅުގަނޑަކީ ކޮން ކަމެއްގެ ސަބަބުން އުފެދުނު ވަޅުގަނޑެއް ކަން ނޭންގުނަސް އެވަޅުގަނޑު އުފެދިފައި ވަނީ އެ ސަރަހައްދުގެ އެންމެ ބޮޑު ގޭސް ފީލްޑާ ވަރަށް ކައިރިންނެވެ. އެހެންވެ އެއީ ބިމު އަޑީގައި ހިނގި ގޮވުމެއްގެ ސަބަބުން އުފެދުނު ވަޅުގަނޑަކަށް ވެދާނެ ކަމަށް ވެސް ބައެއް މީހުން ލަފާ ކުރެ އެވެ.

http://www.youtube.com/watch?v=2kMs05VaOfE