16 Jul 2014, 15:40
ނ. ކެނދިކުޅުދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އެރަށު އާރާދަނާގޭ އަހްމަދު ރާޝިދު ކަމަށް ވާތީ އޭނާ އެ ގޮނޑިއަށް އިންތިޚާބުވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކެނދިކުޅުދޫ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ހަމަ އެކަނި އެމްޑީޕީގެ ކެންޑިޑޭޓް ކަމަށެވެ.
"ވީމާ، ލޯކަލްކައުންސިލްތަކުގެ ގާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން މ. ކެނދިކުޅުދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލި ނ. ކެނދިކުޅުދޫ، އާރާދަނާގޭ އަހްމަދު ރާޝިދު އިންތިޚާބުވެއްޖެކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ،" އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައި ވެއެވެ.