16 Jul 2014, 14:35
ރަމަޟާން މަހަށް ހާއްސަކޮށްގެން ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށް ކުރިއަށްގެންދާ ވޮލީ މުބާރާތެއް ދިއްދޫގައި ފަށައިފި އެވެ.
ހއ. އަތޮޅު ކައުންސިލުން ބުނީ، އަންނަ ހޮނިހރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ވޮލީ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެން ތިން ޓީމާއި ފިރިހެން ހަތަރު ޓީމް ވާދަކުރާކަށް އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ.
އަތޮޅު ކައުންސިލުން ބުނީ، އެ މުބާރާތަކީ ފުރަތަމަ ފަހަރަށް ބާއްވާ މުބާރާތެއް ކަމުން، އެ މުބާރާތައް ވައިދާގެ ތައްޓެއް ކައުންސިލުން ހުށަހަޅާފައިވާ ކަމަށެވެ. އަދި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިއަކު ހޮވާ އެފަރާތްތަކަށް ހާއްސަ އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކައުންސިލުން މައުލޫމާތުދެ އެވެ.
ހއ. އަތޮޅު ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓްގައި ހިންގަމުންދާ އެމުބާރާތުގެ މެޗްތައް ކުޅެމުން ދަނީ ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު އެވެ.