މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ޙަފްލާ، މި އަހަރު ނުބާއްވަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

މިޙަފްލާ މި އަހަރު ނުބާއްވަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ނިންމެވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ޙަފްލާ މިއަހަރު ނުބާއްވަވާ ގޮތަށް ހަމަޖެއްސެވި ނަމަވެސް، މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ ދިވެހި ގައުމާ މުޚާޠަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.