16 Jul 2014, 00:24
ރަމަޟާން މަހަށް ހާއްސަކޮށްގެން ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ ހަަތަރުވަނަ ރަމަޟާން ކެރަމް ކަޕްގެ ކުޅުން މިރޭ ފަށައިފި އެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ، މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެމުބާރާތުގައި ޖުމްލަ 173 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި މުބާރާތުގެ ކުޅުން މިރޭ ފަށާފައި ވަނީ ފިރިހެން އަދި އަންހެން ޑަބަލްސް އިވެންޓުގެ މެޗުތަކުންނެވެ.
މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓާއި ފިރިހެން އަދި އަންހެން ޑަބަލްސް އިވެންޓުގެ މެޗުތަކެވެ.
ކެރަމްގެ އެހެން މުބާރާތްތަކާއި ހިލާފަށް ރަމަޟާން ކަޕުގެ ޑަބަލްސް އިވެންޓުގައި ޕެއާތައް ހަދަނީ ބައިވެރިވެފައިވާ ކުޅުންތެރިން ދެ ކެޓަގަރީ އަކަށް ބެހުމަށް ފަހު އެ ދެ ކެޓަގަރީގެ ދެމެދުގައި ގުރުއަތުން ހޮވޭ ދެ ކުޅުންތެރިއަކު ޕެއާ ހަދާ އުސޫލުން ކަމަށް ކެރަމް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.