15 Jul 2014, 17:07
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ ނުވަތަ 241 ކޮމެޓީގެ މުގައްރިރަކަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް އަދި ނައިބު މުގައްރިރަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު އިންތިޚާބުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކޮމެޓީގެ މެމްބަރަކު ވިދާޅުވީ، މައުރޫފް މުގައްރިރަކަށް އަދި ނައިބު މުގައްރިރަކަށް ނިހާން އިންތިޚާބުކޮށްފައި ވަނީ މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ކަމަށެވެ. އެ ދެ ބޭފުޅުންވެސް އިންތިޚާބުވެވަޑައިގަތީ 8 ވޯޓު ލިބިވަޑައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކޮމެޓީގައި ތިއްބަވަނީ ޖުމްލަ 14 މެމްބަރުންނެވެ.
އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ ހަތް މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ ތިން މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުންނާއި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ އެއް މެމްބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ އެންމެ މެމްބަރެކެވެ.