ދުނިޔޭގައި ފަސްވަނައަށް އެންމެ ދިގު ކޯރުކަމަށްވާ ސައިބީރިއާގެ "ރިވާ އޯބް"އަށް ގަނޑުފެންވާރޭ ވެހިއްޖެއެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުގައި ބުނެފައި ވަނީ ސައިބީރިއާގެ އަވަށެއްކަމަށްވާ ނޮވޯސިބިރްސްކްގައި އޮންނަ "ރިވާ އޯބްގައި" މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރެއްހާއިރު ގަނޑުފެންވާރޭ ވެހިފައި ވަނީ ކުއްލި ގޮތަކަށް ވައި ބާރުވުމަށްފަހު ކަމަށެވެ.

އެ އަވަށުގެ ހޫނު މޫސުންކަމުގައި ވުމާއެކު ގިނަ އަދަދެއްގެ މީހުން ފިނިކޮށްލަން "ރިވާ އޯބްއަށް" އެރެންގޮސްފައި ކަމަށްވެއެވެ. އަދި ގަނޑުފެން ވާރޭވެހުނު ވަގުތު ބީޗުގައި ތިބި ބައެއް މީހުން ހިޔާހޯދީ އެބީޗުގައި ހަރުކޮށްފައި ހުންނަ ކުޑަތަކަކުން ކަމަށާއި އަނެއްބައި މީހުން ވަނީ ބީޗުގައި ހުރި ޖިފުޓިތަކަކުން ވެސް ހިޔާހޯދައިފައިކަމަށް ޑެއިލީމެއިލްގައި ބުނެފައިވެއެވެ. ބޮޑެތި އޮއްގާ ފަދަ ވާރޭވެހެން ފެށެމުން އެބީޗުގައި ތިބި ކުޑަ ކުދިން ވަނީ ބިރުން ހަޅޭއްލަވައި ގަސްދޮށަށް ވަދެ ސަލާމަތް ހޯދަން މަސައްކަތްކޮށްފައި ކަމަށްވެސް އެނޫހުން ބުންޏެވެ.

"އަހަރެންގެ ފިރިމީހަ އަހަރުމެންގެ އަންހެން ދަރިފުޅު ސަލާމަތްކުރަންވެގެން ހުރީ އޭނާ ނިވާކޮށްގެން. އެހެންވީމައި އަހަރެންގެ ފިރިމީހާގެ ބުރަކަށި މަތި އޮތީ އެގަނޑުފެނުން ޖެހި ވަރަށް ބޮޑަށް ހަލާކުވެފައި،" އެބީޗުގައި ހުރި އަންހެނަކު ޑެއިލީމެއިލާ ވާހަކަދައްކަމުން ބުންޏެވެ.