15 Jul 2014, 14:57
ސްކޫލްތަކުގައި އުޅޭ ފުރާވަރުގެ ކުދިންނަށް ސިއްހީ މައުލޫމާތުދިނުމަށް ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީގެ އެޑިއުކޭޝަނަލް ސްޕަވިޝަން އެންޑް ކޮލިޓީ އިމްޕްރޫމެންޓް ޑިވިޝަނުން އިންތިޒާމް ކުރި އެޕްރޮގްރާމްގައި 26 މީހަކު ބައިވެރިވި ކަމަށެވެ. އަދި ބުނީ އެ އެންމެންނަކީ ވެސް މާލޭގެ ސްކޫލްތަކުގެ ޓީޗަރުންނާއި ހެލްތު ވޯކަރުން ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން އަދި ބުނީ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ މުއްދަތަކީ ފަސް ދުވަސް ކަމަށެވެ.
ޕްރޮގްރާމް ކުރިއަށް ގެންދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން ކަމަށާއި މިއީ އެދެ އިދާރާ ގުޅިގެން މިފަދަ ހަރަކާތެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރު ކަމަށެވެ.