އިޒްރޭލުން ގާޒާ އަށް ހަމަލާ ދިނުން ހުއްޓާލުމާއި އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުކުރާ ޙަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާ ދިނުން ހުއްޓާލައި ސުލްހައިގެ ވާހަކަތައް ފެށުމަށް މިސްރުން ހުށަހެޅި ހުށަހެޅުން، އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ގަބޫލުކޮށްފި އެވެ.

މިސްރުން މިއަދު ހުށަހެޅި ހުށަހެޅުން އިސްރޭލުން މިއަދު ގަބޫލުކުރިކޮށް، އިސްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ދަނީ ގާޒާ އަށް ދެމުންދާ އުދުވާނީ ހަމަލާ ހުއްޓާލުމަށް އިސްރޭލުގެ ސަލާމަތީ މައި މަރުކަޒުގައި މަޝްވަރާ ކުރަމުންނެވެ. އަދި އެ މަޝްވަރާތަކަށް ފަހު ގާޒާ އަށްދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލާނެ އެވެ.

ނަމަވެސް މިސްރުން ހުށަހެޅި ހުށަހެޅުމަށް ހަމާސް އިން ވަނީ ދެކޮޅު ހަދާފަ އެވެ. ޙަމާސްގެ އަސްކަރީ ގޮފި ކަމަށްވާ އިއްޒުއްދީން އަލްގައްސާމް ބްރިގޭޑުން ބުނެފައި ވަނީ، އިސްރޭލާއި ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

މިސްރުން ހުށަހެޅި ހުށަހެޅުމުގައި ވަނީ ޝަރުތެއް ނެތި ދެފަރާތުން އެއްބަސްވުން ގަބޫލުކުރާތާ 12 ގަޑި އިރުގެ ތެރޭގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށެވެ. އަދި އެއަށް ފަހު ޣައްޒާގެ ސަރަހައްދީ ރޮނގު ހުޅުވާލުމަށާއި ދެފަރާތުގެ ސުލްހައިގެ ވާހަކަ ތައް ދެދުވަސް ފަހުން މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވުމަކީ ވެސް އެއްބަސްވުމުގައިވާ ކަމެކެވެ.