މަސްތުވާތަކެތި ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ދެހާސް އަށް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ސ. ފޭދޫ ކޯޒީކޯނާ އާދަމް ސައީދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 10:45 އެހައިކަންހާއިރު ހެންވޭރު ސަރަހައްދެއްގައި އާދަމް ސައީދު މަސްތުގެ ހާލުގައި ހުއްޓާ ފެނިގެން އޭނާ ހައްޔަރުކޮށް ފުލުހުންގެ މަރުކަޒަކަށް ގެންގޮސް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ ބޭނުންކުރުމަށްޓަކައި ގެންގުޅުނު މަސްތުވާތަކެތި ކަމަށް ބުނެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އާދަމް ސައީދަކީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށް ޝަރީއަތަށް ސާބިތުވެ 25 އަހަރުގެ ޖަލުހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުން އަންނަ މީހެކެވެ.