14 Jul 2014, 16:21
ޕޯސްޓު ލިމިޓެޑްގެ ޗެއާމަން ކަމުން އަހުމަދު ނިޒާމް (ކެލާ ނިޒާމް) ވަކިކުރައްވައިފި އެވެ.
ނިޒާމް މިއަދު ސަން އަށް ވިދާޅުވީ އޭނާ އެ މަގާމުން ވަކި ކުރެއްވިކަން ޕްރަވަޓައިޒޭޝަން ބޯޑުން މިއަދު އަންގާފައިވާ ކަމަށެވެ.
"ފޯނުން މިއަދު ގުޅާފައި އެބޭފުޅުން އެންގީ ވަކިކުރިކަން. ސަބަބެއް ވިދާޅެއްނުވޭ. ސިޓީ އަކުން އަދި އަންގާނެ ކަމަށް ވިދާޅުވީ،" ނިޒާމް ވިދާޅުވި އެވެ.
ޕޯސްޓު ލިމިޓެޑްގެ ޗެއާމަން ކަމުގައި ނިޒާމު ހުރީ ޖޭޕީގެ ސްލޮޓެއްގެ ތެރެއިންނެވެ.
ނިޒާމު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ވެސް ޕޯސްޓު ލިމިޓެޑްގެ ޗެއާމަން ކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. ނަމަވެސް ވަހީދު ސަރުކާރު ނިމެން އުޅެނިކޮށް އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެ މަގާމަށް ފަހުން ހަމަޖެއްސީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.