00:1- މާލޭގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 12:00 ޖަހާ އެހާ ކަންހާއިރު، އިސްކަންދަރު މަގުގައި ހުންނަ ޕީޓްރަލް ހޮޓާ ކައިރިން ދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އަދި އެ ދެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށާއި ނަމަވެސް އެ މީހުންނަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ދެވެން ނެތް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި މާރާމާރީ އާންމު ވެފައިވާއިރު، މިދިޔަ ހަފްތާގައި ވެސް ވަނީ ސިފައިންގެ މީހެއްގެ މެޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވެ އެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ހުންނަވާ މެންބަރު އައިޝަތު ވެލްޒިނީގެ ހަށިކޮޅަށް ވެސް ބަޔަކުވަނީ މި މަހު ކުރީކޮޅު ވަޅިން ހަމަލާދީފަ އެވެ.