ޕ‏ޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވި ތިން ބޭފުޅުންގެ ނަންފުޅު ކޮމެޓީ އަށް މިއަދު ފޮނުވައިފި އެވެ.

ޕީއައިސީ އަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ފޮނުއްވި ތިން ބޭފުޅުންގެ ނަންފުޅު އިތުރަށް ދިރާސާކުރުމަށް ޓަކައި ފޮނުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށެވެ.

ޕ‏ޮލިސް އިންޓެގްރިޓީ ކޮމިޝަންގައި މިހާރު ހިމެނޭ ތިން މެންބަރެއްގެ‏‎ މަގާމުގެ ‏‎‏މުއްދަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ ‏‏އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކުރެއްވުމަށް ޓަކައި ތިން ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ މަިހުގެ ހަ ވަނަ ދުވަހު އެވެ.

ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވީ ހ. ގްލޯރިއޯސާ‏ ‏ އަލީ ނަދީމު އާއި ދަފްތަރު ނަންބަރު 1320 ‏‏ ފާތިމަތު ސަރީރާ އަލީ ޝަރީފު އާއި ސ. މީދޫ‏ ހަސަންކާރިގޭ މުހައްމަދު ފަރުހާދު‏ ގެ ނަންފުޅެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އެ ތިން ބޭފުޅުންގެ ނަންފުޅު ރައީސް ޔާމީން މަޖިލީހަށް ފޮނުއްވީ ފުލުހުންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ‏‏އާންމުކޮށް އިއުލާނު ކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ‏‏‏ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅުންގެ ގޮތުގައި ކަމަށެވެ.