ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނާއިބު ރައީސްކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު މުޙައްމަދު ފައިސަލް މިއަދު އިންތިހާބުކޮށްފި އެވެ.

އޭނާ އެ މަގާމަށް އިންތިހާބުކުރީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި ޢަބްދުﷲ ދީދީ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަޤާމަށް ފައިސަލް އައްޔަންކުރެވުނީ މިއަދު ބޭއްވި ކޮމިޝަންގެ ޖަލްސާގައި ނެގި ސިއްރު ވޯޓަކުންނެވެ.

ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމުން އަބްދުﷲ ދީދީ އިސްތިއުފާ ދެއްވުމާ ގުޅިގެން މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ކޮމިޝަންގެ ނާއިބު ރައީސްކަމުގައި އޭނާ ހުންނަވައިގެން ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކުރުމާއި ކޮމިޝަނުން ކުރަންޖެހުނު މަސައްކަތްތައް ކުރުމުގައި ދެއްކެވި ސާބިތުކަމާއި ހިތްވަރަށްޓަކައި ޝުކުރު އަދާކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.