13 Jul 2014, 14:03
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގު ގާނޫނުގެ ދަށުން "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" މިއަދު ރައީސުލްޖުމްހޫރިއްޔާ ގާއިމު ކުރައްވައިފި އެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 460 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.