13 Jul 2014, 13:52
އެސްޓީއޯގެ ފިލިޕްސް ބްރޭންޑްގެ ފަރާތުން ރޯދަ މަހަށް ހާއްސަކޮށްގެން "ފިލިޕްސް މައި ރެސިޕީ"ގެ ނަމުގައި ކޮންޓެސްޓެއް ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ އެއީ ފޭސްބުކް ބޭނުންކުރައްވާ ފަރާތްތަކަށް ހާއްސަކޮއްގެން ފެށި ކޮންޓެސްޓެއް ކަމަށާއި އެ ކޮންޓެސްޓްގައި ފިލިޕްސް ބްރޭންޑްގެ ކިޗަން އެޕްލައަންސް ބޭނުންކޮށްގެން ކޮންމެވެސް ކަހަލަ ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ތައްޔާރުކުރުމަށް ފަހު ބޭނުންކުރި ފިލިޕްސް އެޕްލައަންސް އަދި ޑިޝްގެ ފޮޓޯ އެސްޓީއޯގެ ފޭސްބުކް ޕޭޖަށް އަޕްލީޑް ކުރެވޭނެ ކަމަށެވެ.
އެ ކޮންޓެސްޓް ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް ކުރިއަށްދާ އިރު ޑިޝްތަށް ތައްޔާރުކުރުމަށް ފަހު ފޭސްބުކް ޕޭޖަށް އަޕްލޯޑްކުރި ފަރާތްތަކުން ގުރުއަތުން ހޮވޭ ފަރާތަކަށް ފިލިޕްސް އިން ހުށައަޅާ ވަރަށް ހާއްސަ ގިފްޓް ޕެކޭޖެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
ފިލިޕްސް ކިޗަން އެޕްލައަންސްތަކުގެ ތެރޭގައި އެއާ ފްރަޔާ އާއި ގޭތެރޭގައި ވެސް ބާބަކިއު ހަދާލެވޭ ފިލިޕްސް ގްރިލާގެ އިތުރުން އެއްޗެހި ކޮށާ އަދި ގާނަން ފަސޭހަ ފިލިޕްސް ފުޑް ޕްރޮސެސާ އަދި ތަފާތުވައްތަރުތަކުގެ ބްލެންޑާ ފަދަ ޕްރޮޑަކްޓްތަށް ހިމެނެ އެވެ.
މިދިޔަ އަހަރު ވެސް އެސްޓީއޯ އިން ވަނީ އިންސްޓަގްރާމް ބޭނުން ކުރައްވާ ބޭފުޅުންނަށް ހާއްސަކޮށް އެފަދަ ކޮންޓެސްޓް އެއް ބާއްވައި ވަރަށް ހާއްސަ އިނާމުތަކެއް ދީފަ އެވެ.