12 Jul 2014, 14:18
ގއ. ކޮލަމާފުށިން މަހަށް ގޮސް އުޅުނު މަސްދޯންޏެއްގައި މީހަކު މަރުވެއްޖެ އެވެ.
ކޮލަމާފުށީ ރަށު ކައުންސިލްގެ ރައީސް އަހުމަދު ޖަމީލު މިއަދު ސަން އަށް ވިދާޅުވީ މަސްދޯންޏެއްގައި މީހަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އިބުރާހީމް ރަޝީދު ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާ މަރުވީ ދަންޖެހިގެން ކަމަށް ދޯނީގެ މީހުން ވަނީ ބުނެފަ އެވެ.
ކޮލަމާފުށިން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ މަރުވި މީހާ މިހާރު އޮތީ އެ އަތޮޅު ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ. އަދި ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ޑޮކްޓަރުންނާއި ނަރުހުންނާ އެކު އެދޯންޏަށް ދިޔަ ފުލުހުން ކަމަށެވެ.
ހާދިސާ ހިނގި ގޮތެއް ކަމަށް ދޯނީގެ މީހުން ބުނެފައި ވަނީ މަރުވި އިބުރާހީމް ރަޝީދާއި އެހެން މީހަކާ ދެމެދު ހިނގި ދެބަސްވުމެއްގައި ރަޝީދު އޭނާ ގައިގައި ޖެހުމުން ހޭނެތިގެން، އެކަމާ އޭނާ ދަންޖެހުނީ ކަމަށެވެ.
"... އެމީހުން ބުނަނީ އޭނާ އެހެން މީހެއްގެ ގައިގައި ޖެހިއްޔޭ. ދެން އެމީހާ ހޭނެތުމުން އޭނާ އެކަމާ ކަންބޮޑުވެގެން ދިރުނބާ ކޮޅަށް ގޮސް ދަންޖެހުނިއްޔޭ،" ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ފުލުހުން ބުނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.