ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ހެވީލޯޑު މޯލްޑިވްސްގެ ފަރާތުން ރާއްޖެ އިމްޕޯޓް ކުރި ދެ ޝިޕްމަންޓެއްގެ މުއްދަލަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި 266،551.10 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ހެވީލޯޑުން 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި 30 ވަނަ ދުވަހު ރާއްޖެ ގެނެސްފައިވާ ދެ ޝިޕްމަންޓެއްގެ މުދާ އަނބުރާ ރާއްޖެ އިން ގެންދާ ގޮތަށް އެ ކުންފުންޏަށް ދޫކޮށްފައިވީ ނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މުދާ އަނބުރާ ފޮނުވާލާފައިނުވާ ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން އެ މުދަލުގެ އިމްޕޯޓު ޑިއުޓީގެ ގޮތުގައި 266،551.10 ރުފިޔާ މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ދައްކައި ޚަލާސް ކުރުމަށް ހެވީލޯޑުގެ ޣައިރުހާޒިރުގައި ވަނީ ހުކުމް ކޮށްފަ އެވެ.