12 Jul 2014, 12:13
ލ.ގަމުގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ކާރަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ އިރުއޮއްސި 6:10 އެހައިކަންހާއިރު ގަމު މާންދޫ އަށް ދާންއޮންނަ ސިނާއީ މަގުގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ ކާރު ރުކެއްގައި ޖެހި ކަމަށެވެ.
އެ އެކްސިޓެންޓުގައި ކާރުގެ ކުރީކޮޅު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި ނަމަވެސް ކާރު ދުއްވަން އިން 24 އަހަރުގެ މީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގަމު ރީޖިނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެމީހާގެ ފައިގެ ކުޑަ ކަޅުވާއިން ނާއި ކަކުލުގެ މަތިން ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި ރޭ އޭނާ ހިސްޕިޓަލަށް ގެނައުމާ އެކު ޑޮކްޓަރު ބެއްލެވުމަށްފަހު ވަގުތުން ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.