ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ 11:45 އެހައިކަންހާއިރު ހުޅުމާލޭ 41 ނަންބަރު ފްލެޓު ކައިރިން ހިނގި އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާ ލިބުމުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ރޭ އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއްގެ އިތުރުން 25 އަހަރުގެ މީހެއް ކަމަށެވެ. އަދި އެމީހުންގެ ތެރެއިން އެކަކު ފަރުވާދިނުމަށް ފަހު ރޭ ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ދެ މީހުންގެ ތެރެއިން އެކަކުގެ ކޯ ކަށިގަނޑު ބިންދައިގެން ގޮސްފައިވާތީ ސާޖަރީއެއް ހަދާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ލޯކައިރިން ތަންކޮޅެއް ފުންކޮށް ފަޅައިގެން ގޮސްފައިވާތީ އެތަން ފެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.