މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ބްލެޓާ އެކު ގއ. ދާންދޫން މީހަކު ހައްޔަރު ކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ރޭ ދާންދޫން ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ މީހެއް ކަމަށެވެ.

އެމީ ހައްޔަރުކޮށްފައި ވަނީ ދާންދޫ ޕޮލިސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ރޭ 8:40 އެހައިކަންހާއިރު ދާންދޫ މަގުމަތިން އޭނާ ހިނގާފައި ދަނިކޮށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ބްލެޓު ފެނިފައި ވަނީ އެ މީހާ ބިންމައްޗަށް އެއްލާލި ސިގިރެޓް ފޮއްޓެއްގެ ތެރެއިން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ހައްޔަރު ކުރި އެ މީހާ އަކީ މަސްތުވާތަކެތީގެ އިތުރުން ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

އެ މައްސަލަ ދާންދޫ ޕޮލިސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.