ވ. ރަކީދޫ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި މައްސަލާގައި އިތުރު މީހަކު ހައްރުކޮށްފި އެވެ.

ވ. ރަކީދޫ ކައުންސިލްގެ އިދާރާގެ ތިޖޫރީ ފަޅާލައި މިލިއަނެއްހާ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީގެ ކުރިން ވަނީ އެ ކައުންސިލްގެ މެމްބަރަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލާގައި ހައްރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން ތަޙްގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހާދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރަކީދޫ ތުޖޫރީ ފަޅާލި މައްސަލާގައި ޖޫން 28 ވަނަ ދުވަހު ހައްޔަރު ކުރި ތިން މީހުންގެ ބަންދު ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައިިވެ އެވެ. އެ ތިން މީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ ޖުލައި 14 ވަނަ ދުވަހަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 26 ވަނަ ދުވަހު އެވެ.