10 Jul 2014, 15:25
މިމަހު ހަވަނަ ދުވަހު މ. މަޑުއްވަރީގައި 15 އަހަރުގެ ކުޑަ އަންހެންކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ މ. އަތޮޅު ޖެންޑާ އެންޑް ފެމިލީ ސާވިސް ސެންޓަރުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ މިވަގުތު ހުރީ މ. މުލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށާއި އެ މައްސަލަ މ.މުލި ޕޮލިސް ސްޓޭޝަނާއި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސާވިސް ސެންޓަރު ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.